twitterviber whatsapp telegramfacebookyoutube instagram
14th August 2026

ބީއެމްއެލް އިސްލާމިކް ހޯމް ފައިނޭންސްގެ ފުރަތަމަ ޕްރޮޑަކްޓްތައް ތައާރަފްކޮށްފި

Feb 22, 2017

ބީއެމްއެލް އިސްލާމިކް ހޯމް ފައިނޭންސްގެ ފުރަތަމަ ޕްރޮޑަކްޓްތައް ރާއްޖޭގެ އެންމެ ކުޑަ އެއް ލީސިންގ ރޭޓާއެކު ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން ޕްރޮޑަކްޓް ތައާރަފްކޮށްފައިވަނީ މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓަރޒްގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

އިސްލާމިކް ފައިނޭންސަށް އެދޭ ފޯމު މިއަދުން ފެށިގެން މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓަރޒްއިންނާ އަތޮޅުތަކުގައި ހުރި ބޭންކް ބްރާންޗްތަކުން ބަލައިގަންނަން ފަށާފައިވާއިރު ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައިވަނީ އިސްލާމީކް ބޭންކިންގ އާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީން ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށް ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355