twitterviber whatsapp telegramfacebookyoutube instagram
16th June 2025
ADVERTISEMENT

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތް ފަށައިފި

Feb 24, 2017

ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރު ފަހު ތިލަދެކުނު ސިނަމާގައި ފެށި މިމުބާރާތުގައި 3 ސްކޫލަކާއި 4 ޤުރުއާން ކުލާހަކު ޖުމްލަ 86 ދަރިވަރުން ވާދަކުރެ އެވެ.

އެގޮތުން އަފީފުއްދީން ސްކޫލުން 15 ދަރިވަރުން، ހދ އަތޮޅު ތައުލީމީ މަރުކަޒުން 15 ދަރިވަރުން އަދި ޖަލާލުއްދީން ސްކޫލުން 8 ދަރިވަރަކު ވަނީ ބައިވެރިވެފަ އެވެ.

ގުރުއާން ކުލާސްތަކުގެ ތެރެއިން އިޚްލާސް ގުރުއާން ކުލާހުން 15 ދަރިވަރުން، ޢުލޫމުލް ގުރުއާން ކުލާހަކުން ވަނީ 14 ދަރިވަރުން، މައިޒަމް ގުރުއާން ކުލާހުން 8 ދަރިވަރުން އަދި ޙިލާލުލް ގުރުއާން ކުލަހުން 11 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތުގެ ފަނޑިޔާރުކަންކުރައްވަނީ ކުމުންދޫ، ފަހިވާ / އަލްގާރީ އަލީ ޤާސިމާއި މ. މަޑުއްވަރީ،ގޭޓް/ އަލްގާރީ ނިޝާދު ހަސަން އާއި ކުޅުދުއްފުށީ، ދާރުއްސަލާމު/ އަލްގާރީ  ހުސެއިން އަހުމަދެވެ.

މިމުބާރާތުގައި ހދ އަތޮޅު ގުރުއާން މުބާރާތުގައި ވާދަކުރާނެ ދަރިވަރުން ހޮވާނެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com