twitterviber whatsapp telegramfacebookyoutube instagram
14th August 2026

ބަރަހަނާ ވީޑިއޯ ލީކްވި ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފި

Feb 25, 2017

ބަރަހަނާ ވީޑިއޯ ލީކްވި ލ. ގަން ޕޮލިސް ސްޓޭޝަން އިންޗާޖުގެ މަގާމުގައި ހުރި ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފި އެވެ.

ކުޅުދުއްފުއްޓަށް އުފަން މި މީހާގެ ބަދުއަހުލާގީ މައްސަލައެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައި އެވެ. އެއިރު އޭނާ ހުރީ ގއ ވިލިނގިލި ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ މަގާމުގަ އެވެ.

ފުލުހުންވެސް ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން ކޭއޯއަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ޕްރޮފެޝަނަލް ސްޓޭންޑް ކޮމާންޑުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

ވަކިކުރި ފުލުސް މީހާ ހއ ދިއްދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ މަގާމުގައިވެސް މަސައްކަތްކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355