twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ޔޫސީމާސް އިންޓަނޭޝަނަލް ގްރޭޑިން އެކްޒަމިނޭޝަންއިން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓްދީފި

Feb 25, 2017

ޔޫސީމާސްއިން ބޭއްވި އިންޓަނޭޝަނަލް ގްރޭޑިން އެކްޒަމިނޭޝަންއިން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓްދީފި އެވެ.

މި އެކްޒާމިނޭޝަންގައި ކުޅުދުއްފުށީ ޔޫސީމާސް އިން ޖުމުލަ 56 ދަރިވަރުން ބައިވެރިވެފައިވާއިރު ކޯހުން 14 ކުދިން ފާސްވެފައިވާއިރު ޑިސްޓިންގްޝަން 29 ދަރިވަރަކަށް އަދި 13 ދަރިވަރުންނަށް ވަނީ ކްރެޑިޓް ލިބިފަ އެވެ.

މިއަދު ބޭއްވި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު މިކަމަށްޓަކައި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދެވެ.

މިއަދު ބޭއްވި ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ސެޓްފިކެޓް ހަވާލުކޮށްދިނުމަށް ފަހު ޖަލްސާ ޝަރަފްވެރިކޮށްދެއްވާ އިބްރާހިމް ރަޝީދު ވިދާޅުވީ ޔޫސީމާސް އިން ކުރިއަށްގެންދާ މި ގެންދާ ޕްރޮގްރާމް ތަކަކީ ދަރިވަރުންނަށް ވަރަށް މުހިއްމު ޕްރޮގްރާމްތަކެއް ކަމަށެވެ.

މީގެ އިތުުރުން ކުއްޖާ އިލްމީ ގޮތުން ކުރިއަށް ދާނީ އެކުއްޖާގެ ސިކުނޑި ތަނަސްވީ މިންވަރަކުން ކަމަށާއި މެތަމެޓިކްސްއަކީ ކުއްޖާގެ ސިކުނޑި ތަނަވަސްވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެއްކަމަށެވެ.

މި ކޯހަކީ ޔޫސީމާސްއިން މިދިޔަ އަހަރު ޖުލައި މަހު ބޭއްވި އިންޓަނޭޝަނަލް ގްރޭޑިން އެކްޒަމިނޭޝަންގެ ބޭސިކް ކޯހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355