twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އާތިފް، ނައިބަކަށް އަހުމަދު އިންތިހާބުކުރައްވައިފި

Feb 26, 2017

ހދ. އަތޮޅު ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ އަހަރުގެ ރައީސަކަށް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފް އަދި ނައިބު ރައީސަކަށް ނޮޅިވަރަމް ދާއިރާގެ މެމްބަރަކަށް އަލްއުސްތާޒް އަހުމަދު އިބުރާހިމް އިންތިހާބު ކުރައްވައިފިއެވެ.

އާތިފްއަކީ މީގެ ކުރިން އެކައުންސިލްގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިދިޔަ އަހަރު އެކައުންސިލްގެ ރައީސްގެ މަގާމު އަދާކުރެއްވީ އަހުމަދު އިބުރާހިމެވެ.

އެގޮތުން، ކުރިއަށް އޮތް އަހަރުގެ ރައީސްކަމަށް އަހުމަދު އާތިފު އިންތިހާބުވީ، ޖަލްސާގައި ބައިވެރިވެލެއްވި 6 މެމްބަރުންގެ ތެރެއިން 5 މެމްބަރުންގެ ވޯޓުންނެވެ. އަދި ނާއިބު ރައީސްގެ މަގާމަށް އަހުމަދު އިންތިހާބުވީވެސް 5 ވޯޓު ލިބިގެންނެވެ.

 

ހދ.އަތޮޅު ކައުންސިލްގެ ހިންގާ ޤަވާޢިދުގައި ވާގޮތުން ކައުންސިލްގެ ރައީސް އަދި ނައިބްރައީސްގެ މަޤާމުގެ މުއްދަތަކީ 1 އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355