twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ކަންނެލި ދޯނި ހޯދުމަށް އިންޑިއާ އާއި ލަންކާގެ އެހީއަށް އެދިއްޖެ

Feb 26, 2017

ބާރަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް މީގެ ހަދުވަސް ކުރިން ގެއްލުނު “ބްލޫފިޝް 1” ހޯދަން އިންޑިއާއާއި ލަންކާގެ ކަނޑުގެ ސިފައިންގެ އެހީއަށް އެމްއެންޑީއެފްއިން އެދިއްޖެ އެވެ.

އެގޮތުން މި ދޯންޏާއި މީހުން ހޯދުމުގައި ލަންކާ އާއި އިންޑިއާ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އެހީތެރިކަމަށް އެމްއެންޑީއެފްއިން މިހާރު ވަނީ އެދިފަ އެވެ.

މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކ. އަތޮޅު ދިއްފުށީ ބޭރުގައި އޮއްވާ އެވެ. މި ދޯންޏަކީ 87 ފޫޓް ހުންނަ ދޯންޏެކެވެ. ދޯނީގައި ގަދަ ނޫކުލައިގެ ދަވާދު ލާފައި ހުރި އިރު ގެ ގަނޑުގައި ހުންނަނީ ހުދުކުލަ އެވެ. މިއީ ހއ ތުރާކުނު ދޯންޏެކެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ދިނުމަކީ އެމްއެންޑީއެފްގެ ވަރަށްބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355