twitterviber whatsapp telegramfacebookyoutube instagram
5th June 2025

އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަންހެނުންގެ ދުވަހުގެ ކުޅިވަރުތައް ކެންސަލްކޮށްފި

Feb 27, 2017

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވަން ނިންމި ކުޅިވަރުތައް އެކަށީގެންވާ ތަރުހީބު ނުލިބުމުން ކެންސަލްކޮށްފި އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ކުޅުދުއްފުށިގައި ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ކުޅިވަރުތަކެއް ބާއްވާން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ނަމަވެސް ތަރުހީބެއް ނުލިބުމުން އެދުވަހުގެ ހުރިހާ ހަރަކާތެއް ކެންސަލްކޮށްފައިވާކަމަށް އަންހެނުންގެ ކޮމެޓީގެ ރައީސާ ސާދުނާ ވިދާޅުވި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ސާދުނާ މުހައްމަދު ވިދާޅުވީ އަންހެނުން ދުވަހުގެ މުނާސަބަތުގައި ބާއްވަން ހުޅުވާލި ކުޅިވަރުތަކުގައި މުއްދަތު ހަމަވިއިރު އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ.

ސާދުނާ ވިދާޅުވީ މިފަދަ ބޮޑު އާބާދީއަކުން އަންހެނުންނާ ގުޅުން ހުރި މުހިއްމު ދުވަހެއް ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގައި ތަރުހީބެއް ނުލިބުމަކީ ވަރަށް ހިތާމަކުރާ ކަމެއްކަމަށެވެ.

އަންހެނުން ދުވަސް ފާހަގަ ކުރުމަށް އަންހެނުންނާ ގުޅުން ހުރި ގިނަ ހަރަކާތްތަކެއް ރޭވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com