twitterviber whatsapp telegramfacebookyoutube instagram
5th November 2025

ފުރަތަމަ ދުވަހު 68 މީހުން ހިމަބިހި ވެކްސިން ޖަހައިފި

Feb 27, 2017

ރާއްޖެއަކީ މީސްލްސް ނުވަތަ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްކަން ކަށަވަރުކުރަން ކުރާ މަސައްކަތުގެ ދަށުން އެ ބައްޔަށް ވެކްސިން ޖެހުމަށް ރާއްޖޭގައި ފަށާފައިވާ ހަރަކާތުގައި އިއްޔެ ކުޅުދުއްފުށިން 68 މީހެއްގެ ވެކްސިން ހޯދާފައިވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު ހަދީޖާ ހަސަން ކޭއޯއަށް ވިދާޅުވީ އިއްޔެ ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެ އެކަނިވެސް 68 މީހަކު ހިމަބިއްސަށް ވެކްސިން ލިބިގެންފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި މިވެކްސިން ދިނުމަށް ޕްރޮގުރާމް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 3 ވަނަ ދުވަހާ ހަމައަށްކަމަށެވެ.

ވެކްސިން ކެމްޕެއިންގެ ތެރެއިން–

ހަދީޖާ ވިދާޅުވި  އެދުވަސްތަކުގައި މެންދުރުފަހު 2:00 އިން ހަވީރު 5:00 އާއި ދޭތެރޭ އުފަން ހިޔާގައި ވެކްސިން ދިނުމުގެ ކަންތައް ކުރިއަށްދާނެކަމަށާއި އެހްންކަމުން އެދުވަސްތަކުގައި ކުޅުދުއްފުށީގައި ދިރިއުޅޭ 15 – 25 އަހަރާއި ދެމެދުގެ ފަރާތްތައް މި ވެކްސިން ލިބިގަތުމަށް އުފަން ހިޔާއަށް ދުރުވެ ވެކްސިން ލިބިގަތުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މި ކެމްޕެއިންގައި 15 – 25 އަހަރާ ދެމެދުގެ ހުރިހާ ދިވެހިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާބަނޑު މީހުންނާއި ދިފާއީ ނިޒާމަށް އަސަރުކުރާ ފަދަ ބޭހެއް ބޭނުންކުރާ ފަރާތްތަކަށް މިވެކްސިން ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355