twitterviber whatsapp telegramfacebookyoutube instagram
14th August 2026

ނޫރު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ޤާރީ ކޯސް ލެވެލް 1 ނިންމާ، ބައިވެރިންނަށް ސެޓްފިކެޓް ދީފި

Feb 27, 2017

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އަދި ޖަމިއްޔަތުއް ނޫރު ގުޅިގެން ކުރިއަށް ގެންދިޔަ ޤާރީ ކޯސް ލެވެލް 1 ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާއެއްގަ އެވެ. ކޯހުގައި ބައިވެރިވި 13 ދަރުވަރުންވެސް ވަނީ ކޯސް ނިންމާފަ އެވެ.

ނޫރު ޖަމިއްޔާއިން ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ޤަރީ ކޯސް ލެވެލް 1 ގެ މި ކޯހަކީ ނޫރު ޖަމިއްލާއިން ކުރިއަށްގެންދިޔަ ޤަރީ ކޯސް ލެވެލް 1 ގެ ދެވަނަ ކޯސް ކަމަށެވެ. އަދި މީހަރު ކުރިއަށް ދާ ޤާރީ ކޯސް ލެވެލް 2 ގެ ކޯސް ނިމުމާއެކު ލެވެލް 1 ގެ 3 ވަނަ ކޯހެއް ފަށާނެ ކަމަށެވެ.

މިހާރު އެ ޖަމިއްޔާއިން ކުރިއަށްގެންދާ ޤާރީކޯސް ލެވެލް 2 ގައި 12 ދަރިވަރުން ކިޔަވަމުން ގެންދާއިރު މި ކޯސް މި އަހަރު އޭޕްރިލް މަހުގައި ނިމޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355