twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޤުރުއާން މުބާރާތުގެ ގިނަ ކާމިޔާބީތަކެއް އޭއީސީ އަދި އިޙްލާސް ހޯދައިފި

Feb 28, 2017

ކުޅުދުއްފުށީ ކައުންސިލް އިންތިޒާމުކޮށްގެން ބޭއްވީ ޤުރުއާން މުބާރާތުގެ ގިނަ ކާމިޔާބީތަކެއް ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އިޙްލާސް ޤުރުއާން ކުލާހަށް ލިބިއްޖެ އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ސްކޫލަކަށް ހދ އޭއީސީ ހޮވުނުއިރު މުބާރާތުގެ 1 ވަނަ ލިބުނު ދެ ދަރިވަރަކީ އިޙްލާސް ކުލާހުގެ މަޒީނާ މުހައްމަދާއި ލަޔާލް އަބުދުﷲ އެވެ. ދެވަނަ ލިބުނީ އޭއީސީގެ ދަރިވަރު އަހުމަދު އަތޫފު މުހައްމަދަށެވެ. 3 ވަނަ ލިބިފައިވަނީ ޖަލާލުއްދީންގެ ދަރިވަރު ތަޢުލިފާ މުހައްމަދެވެ.

ސްކޫލުތަކުގެ ބައިން ދެވަނަ ޖަލާލުއްދީން ސްކޫލަށް ލިބުނުއިރު 3 ވަނަ ލިބިފައިވަނީ އަފީފުއްދީން ސްކޫލަށެވެ. އަދި ޤުރުއާން ކުލާސްތަކުގެ ބައިން ދެވަނަ ޢިހްލާސް ޤުރުއާން ކުލާހަށް ލިބިފައިވާއިރު 3 ވަނަ ހޯދީ ޢުލޫމުލް ޤުރުއާން ކުލާހެވެ. މި ބައިން އެއްވަނަ ހޮވޭވަރަށް އެއްވެސް ޤުރުއާން ކުލާހަކަށް މާކުސް ލިބިފައެއް ނުވެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގެ ތެރެއިން–

މުބާރާތުގެ ބަލައިގެން ކިޔެވި ގޮފިން 1 ވަނައަށް ދެ ދަރިވަރަކަށް ލިބިފައިވެ އެވެ. އެއީ އިޙްލާސް ކުލާހުގެ މަޒީނާ މުހައްމަދާއި ލަޔާލް އަބުދުﷲ އިބުރާހިމެވެ. ދެވަނަ ޖަލާލުއްދީން ސްކޫލުގެ ތަޢުލިފާ މުހައްމަދު ހޯދިއިރު 3 ވަނަ ލިބުނީ އިޙްލާސް ކުލާހުގެ މިންހާ މުހައްމަދަށެވެ.

ނުބަލާ ކިޔެވި ގޮފިން އެއްވަނަ ހޯދީ ހދ އޭއީސީގެ ދަރިވަރު އަހުމަދު އަތޫފް މުހައްމަދެވެ. 2 ވަނަ ލިބިފައިވަނީ އޭއީސީގެ ދަރިވަރު އުމާމާ އާދަމަށެވެ. އަދި 3 ވަނަ ލިބުނީ އޭއީސީގެ ދަރިވަރު މުހައްމަދު އައްމާރު އަހުމަދު ނަސީމް އެވެ.

ގަދަ 10 ދަރިވަރުން:-

އިޙްލާސް ޤުރުއާން ލަޔާލް އަބުދުﷲ އިބުރާހިމާއި މަޒީނާ މުހައްމަދާއި މިންހާ މުހައްމަދާއި ހދ އޭއީސީގެ އަހުމަދު އަތޫފް މުހައްމަދާއި އުމާމާ އާދަމް ހުސެއިން އާއި އާއިޝަތު ޝަދާ ޝަހީމު އާއި މުހައްމަދު އައްމާރު އަހުމަދު ނަސީމާއި ޖަލާލުއްދީން ސްކޫލުގެ ތަޢުލިފާ މުހައްމަދާއި އާމިނަތު ލުޔޫނާ މުހައްމަދުގެ އިތުރުން ހިލާލުލް ޤުރުއާން ކުލާހުގެ އަހުމަދު ހަމްދާން މުހައްމަދެވެ.

އަތޮޅު މުބާރާތަށް ހޮވުނު 15 ދަރިވަރުންނަކީ:

އާއިޝަތު ޝަދާ ޝަހީމް / ހދ އަތޮޅު ތައުލީމީ މަރުކަޒު

އަހުމަދު އަތޫފް މުހައްމަދު / ހދ އަތޮޅު ތައުލީމީ މަރުކަޒު

އުމާމާ އާދަމް ހުސެއިން / ހދ އަތޮޅު ތައުލީމީ މަރުކަޒު

މުހައްމަދު އައްމާރު އަހުމަދު ނަސީމް / ހދ އަތޮޅު ތައުލީމީ މަރުކަޒު

އާދަމް ލަޔާން މުހައްމަދު / ހދ އަތޮޅު ތައުލީމީ މަރުކަޒު

ސާލިމް އާދަމް ހުސެއިން / ހދ އަތޮޅު ތައުލީމީ މަރުކަޒު

އަތުލިފާ މުހައްމަދު / ޖަލާލުއްދީން ސްކޫލް

އައިމިނަތު ލުޔޫނާ މުހައްމަދު / ޖަލާލުއްދީން ސްކޫލް

މަރިޔަމް މަންހާ ޔޫނުސް / އަފީިފުއްދީން ސްކޫލް

ލަޔާލް އަބުދުﷲ އިބްރާހިމް / އިޚްލާން ޤުުރުއާން ކުލާސް

މަޒީނާ މުހައްމަދު / އިޚްލާން ޤުުރުއާން ކުލާސް

މިންހާ މުހައްމަދު / އިޚްލާން ޤުުރުއާން ކުލާސް

މުހައްމަދު ހާޝިއު ހަސަން / ޢުލޫމުލް ޤުުރުއާން ކުލާސް

ފާތިމަތު ޝެނީން ހަސަން / ޢުލޫމުލް ޤުުރުއާން ކުލާސް

އަހުމަދު ހަމްދާން މުހައްމަދު / ހިލާލުލް ޤުުރުއާން ކުލާސް

މިމުބާރާތުގެ ބަލައިގެން ކިޔެވި ގޮއްޕާއި ނުބަލާ ކިޔެވި ގޮފިން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންނަށްވެސް އިނާމު ދީފައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ތެރެއިން–

ރޭ ތިލަދެކުނު ސިނަމާގެ ބޭއްވި މިރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވާ ޖަލާލުއްދީން ސްކޫލުގެ އިސްލާމު ޓީޗަރު ހަސަން ސަބާހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355