twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ރައްކާ ރޯޑް ޝޯ މިއަހަރު ކުޅުދުއްފުށީގައި

Mar 1, 2017

މަގުުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނެގެހެއްޓުމަށް ބޭނުންވާ މުހިއްމު މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ކުރިއަށްގެންދާ “ރައްކާ ރޯޑް ޝޯ” މިއަހަރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ރައްކާ ރޯޑު ޝޯ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖައްސައި އެ ޕްރޮގްމާގުގެ ސްޕޮންސަރޝިޕް އެގްރީމަންޓުގައި އެލައިޑް އިންޝުއަރެންސްއާއެކު އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އިއްޔެ ހެނދުނު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ސަރވިސް ޑެވެލޮޕްމަންޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ރިޔާޒްއެވެ.

ރައްކާ ރޯޑް ޝޯ ބާއްވަން އިއްޔެ އެލައިޑާއެކު ސޮއިކުރަނީ–

ރައްކާ ރޯޑް ޝޯވއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އެލައިޑް އިންސްއަރެންސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 3 ސަރަހައްދެއްގައި މިޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ މާލެ، އައްޑޫ ސިޓީ ގެ އިތުރުން ލ. އަތޮޅުގައެވެ.

މިި ޕްރޮގްރާމު ރާވާފައިވަނީ ސްކޫލް ކުދިންނަށާއި ބެލެނިވެރިން އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށްވެސް ޓްރެފިކާއި ގުޅުންހުރި ހޭލުންތެރިކުުރުވުމުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަށެވެ. އެގޮތުން ވަކި ވަކި މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ލީފްލެޓް ތަކާއި ޕޯސްޓަރު ފަދަ ތަކެތީގެ އެހީގައި މައުލޫމާތު ފޯރުކޮށްދެވޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއްވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355