twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އަތޮޅު ތައުލީމީ މަރުކަޒު: އިލްމީ ހިދުމަތުގައި 38 އަހަރު

Mar 1, 2017

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖެތެރެއަށް ތައުލީމު ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަތޮޅުތެރޭގެ ރަށެއްގައި ގާއިމްކުރި 2 ވަނަ ސްކޫލެވެ. 1978 ވަނަ އަހަރު އެސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ތިޔަރަ މުހައްމަދު ރަޝީދެވެ. އޭގެ އެއަހަރު ފަހުން 1 މާރިޗު 1979 ވަނަ ދުވަހު ކޮމިއުނިޓީ ސްކޫލުގެ ނަމުގައި އޭއީސީ ހުޅުވައިދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބުދުލް ޤައްޔޫމެވެ.

80 ދަރިވަރުންނާއެކު ކިޔަވައިދޭ ފެށި އެސްކޫލަކީ މިއަދު އަތޮޅުތެރޭގައި ހުރި އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެވެ. މިއަހަރު އެސްކޫލުގައި 1162 ދަރިވަރަކު ތައުލީމު ހާސިލްކުރެ އެވެ. ހދ އޭއީސީގައި މިވަގުތު 114 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެލްކޭޖީ ފެށިގެން ގުރޭޑް 7 ކިޔަވައިދޭ މި ސްކޫލުގައި ފާއިތުވެދިޔަ ދިގު މާޒީގައި ގިނަ އަދި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އަދި ބޮޑެތި ގޮންޖެހުންތަކެއްވެސް ކުރިމަތިވެފައިވެ އެވެ. މިއަދު ސްކޫލަށް 38 އަހަރު ފުރި އެކަން ފާހަގަކުރާއިރު އެސްކޫލުގެ ޕްރިންސިޕަލް ނެތްތާ ޑެޕިއުޓީ ޕްރިންސިޕަލެއްވެސް ނެތެވެ. މިއީ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.

ހދ އޭއީސީގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ކިޔަވައިދޭ ކުލާހުގެ އިތުރުން އުތުރުގައި ސަރުކާރުން ގާއިމްކޮށްފައިވާ އަރަބި މީޑިއަމްގެ ސްކޫލެވެ.

ސްކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ވަނީ ހާއްސަ އެސެމްބުލީތަކެއް ބާއްވާފަ އެވެ. 2 ދަންފަޅިގައި ވަކިން ބޭއްވި މިއެސެމްބުލީ ޝަރަފްވެރިކޮށްދެއްވީ އެސްކޫލުގެ އިސް ދަރިވަރު އަދި ބީއެމްއެލް ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރު އައިޝަތު އަބުދުއްރަހީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355