ތެލަސީމިއާއަށް ޓެސްޓް ކުރުމުގެ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ 1 މާރޗުން ފެށިގެން އެ ހޮސްޕިޓަލުން ތެލަސީމިއާއަށް ޓެސްޓްކުރުމުގެ ހިދުމަތް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެގޮތުން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ހިދުމަތް ބަންދު ނޫން ކޮންމެ ދުވަހަކު ލިބިގެންދާނެ ކަމަށެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރ ފާތުމަތު ހަސަން ވިދާޅުވީ ތެލެސީމިއާއަށް ސްކްރީން ކުރުމަށް ކޮންމެ ދުވަހަކު ދޫ ކުރުމަށް ހަމަޖެހިފައިވަނީ 10 ނަންބަރު ކަމަށާއި ހިދުމަތް ހޯދުމަށް ޖެހޭނީ އެޕޮއިންޓްމެންޓް ހެދުމަށް ކަމަށެވެ.
މީގެ އިތުރުން ސްކްރީންކުރުމަށް ފަހު ހަފްތާއެއްގެ ތެރޭގައި ކާޑު ލިބޭނެކަމަށް ފާތުމަތު ވިދަޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫގައި ވެސް ވަނީ މިދިޔަ އަހަރު ތެރޭގައި މި ހިދުމަތް ދޭންފަށާފަ އެވެ.