މިދިޔަ ފެބްރުއަރީ މަހު 25 ގައި ފެށި ސެއިލް މޯލްޑިވްސް ޔޮޓް ރެލީގެ ބައިވެރިން އެމީހުންގެ ފުރަތަމަ މަންޒިލް ކަމަށްވާ ހއ ކެލާއަށް ޖައްސައިފި އެވެ.
މި ރެލީގައި ދުނިޔޭގެ އެކި ސަރަހައްދުން ފަތުރުވެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެމެރިކާ ނިއުޒިލެންޑް، ޔޫރަޕް އަދި ފްރާންސް ހިމެނެއެވެ.
ރެލީގެ ބައިވެރިންނަށް ކެލާއިން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެގޮތުން މަރުހަބާ ކިއުމުގެގޮތުން ވަނީ ބޮޑުބެރު އަދި ސަގާފީ ނެށުމުގެ ހަރަކާތްތަކެއް ނެގެސްދީފަ އެވެ. މި ރެލީގެ ސަބަބުން ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ފަތުުރުވެރިންނަށް ފެނުމުގެ މަގު ފަހިވެގެން ދެއެވެ.
މީގެ އިތުރުން މިހާރުވެސް އިތުރު ބައިވެރިންވަނީ މި ރެލީގައި ބައިވެރިވާން ފަށާފަ އެވެ. 60 ދުވަހަށް ކުރިއަށްގެންދާ މި ރެލީގައި ބައިވެރިވުމަށް މިކަން އިންތިޒާމް ކުރި ފަރާތުން މިހާރުވެސް ވަނީ ހުޅުވާލަފަ އެވެ.
މި ރެލީ ނިންމުމަށް ހަމަޖެހިފައިވަނީ ހާއްސަ އޯސަން ފެސްޓިވަލަކާއި އެކު އައްޑޫގަ އެވެ.