އަފީފުއްދީން ސްކޫލުގެ ޕީޓިއޭއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ދުވަހުން 80،000 ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
އިއްޔެ މެންދުރު ކުރީގައި ގާތްގަނޑަކަށް 4 ގަޑިއިރަށް ކުރިއަށްގެންދިޔަ މި މަސައްކަތް ދުވަހުގައި ބެލެނިވެރިންވަނީ 83،792 ރުފިޔާ ހޯދާފަ އެވެ.
ސްކޫލުން ބުނީ އިއްޔެ ކުރިއަށްގެންދިޔަ މަސައްކަތް ދުވަހުގައި އެސްކޫލުގެ ގިނަ އަދަދެއް ބެލެނިވެރިން ބައިވެރިވި ކަމަށެވެ. މި ފައިސާ ހަރަދުކުރެވޭނީ ދަރިވަރުންގެ އެކި ބޭނުންތަކަށެވެ.
މިއީ މިއަހަރު އެސްކޫލުން ފަންޑް ރައިސް ކުރުމަށް ޕީޓީއޭއިން ބޭއްވި ފުރަތަމަ ހަރަކާތެވެ.