twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކޮޅިގަނޑެއްގައި ކެލައަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Mar 5, 2017

ހއ ކެލައަށް ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ކޮޅިގަނޑުގައި ގެއްލުންވެފައިވަނީ މިރަށުގެ ބަނދަރުގައި އަޅައިފަ އޮތް އޮޑި ދޯނި ފަހަރަށްށާއި ރުއް ގަހަށެވެ.

ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒު ކޭއޯއަށް ވިދާޅުވީ ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި ބަނދަރުގައި އަޅައިފަ އޮތް ގިނަ އަދަދެއްގެ އޮޑި ދޯނި ފަހަރަށް ގެއްލުންވެ، އެތަނުން އެއް ޑިންގީގެ ވައު ގަނޑައިގެން ގޮސް ބަނޑުޖަހާލި ކަމަށެވެ.

ވައި ކަނޑައިގެން ދިއުމުގެ ސަބަބުން އެއް އޮޑި އަނެއް އޮޑިއަށް ޖެހި ގެއްލުންވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ ރުއްގަހަށްވެސް ގެއްލުންވެފައިވާ ކަމަށާއި އެގޮތުން ބައެއް ގަސް ރުއް ބިނދައިގެން ގޮސްފައިވާ ކަމަށެވެ.

މިކޮޅިގަނޑުގައި އެއްވެސް މީހަކަށާއި ގެއަކަށް ގެއްލުންވެފައިވާނުވެ އެވެ. އޭނާ ވިދާޅުވީ ބޮޑަށް ބެލެވެނީ ނަގޫރޯޅިއެއް އަރައިފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355