ރާއްޖެއަކީ މީސްލްސް ނުވަތަ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްކަން ކަށަވަރުކުރަން ކުރާ މަސައްކަތުގެ ދަށުން އެ ބައްޔަށް ވެކްސިން ޖެހުމަށް ރާއްޖޭގައި ފަށާފައިވާ ހަރަކާތުގައި މިއަދާ ހަމައަށް ނިމުނުއިރު ކުޅުދުއްފުށިން މިވެކްސިން ހޯދާފައިވަނީ 1018 މީހެއްގެ ކަމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތުން މައުލޫމާތު ދެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު ހަދީޖާ ހަސަން ކޭއޯއަށް ވިދާޅުވީ މިއަދާ ހަމައަށް މި ވެކްސިން ޖަހާފައިވަނީ 1018 މީހުން ކަމަށާއި މި ވެކްސިން ޖަހާ އުމުރުގެ 1374 މީހުން ކުޅުދުއްފުށީގައި ތިބި ކަމަށެވެ.
ހަދީޖާ ވިދާޅުވީ ކެމްޕެއިން ނިމުނުކަމުގައި ވިޔަސް އަދިވެސް ވެކްސިން ޖަހާދަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެކްސިން ޖަހާދޭނީ ރަސްމީ ގަޑީ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކެމްޕެއިންގައި 15 – 25 އަހަރާ ދެމެދުގެ ހުރިހާ ދިވެހިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާބަނޑު މީހުންނާއި ދިފާއީ ނިޒާމަށް އަސަރުކުރާ ފަދަ ބޭހެއް ބޭނުންކުރާ ފަރާތްތަކަށް މިވެކްސިން ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
ހަދީޖާ ވިދާޅުވީ ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ރަސްމީ ގަޑީގައި ވީހާވެސް އަވަހަކަށް ޕަބުލިކް ހެލްތަށް ދުރުވެ، ވެކްސިން ލިބިގަތުމަށެވެ.