twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފެންބޮޑުވުމާ ގުޅިގެން ފެތުރިދާނެ ބަލިމަޑުކަމަކަށް ސަމާލުވުމަށް އެދެފި

Mar 5, 2017

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމާ ގުޅިގެން ފެތުރިދާނެ ބަލިމަޑުކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ޕަބުލިކް ހެލްތުން އިލްތިމާސްކޮށްފި އެވެ.

ރޭ ކުރި ވިއްސާރައިގައި ކުޅުދުއްފުށީގެ ގިނަ ގޭބިސީތަކަކަށް ވަނީ ފެނުގެ އަސަރުކޮށް، ބައެއް ގޭބިސީތަކަށް ފެންގަނޑު ވަދެ ބޮޑެތި ގެއްލުންތަކެއްވެފައި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އަބުދުއްރަހުމާނު ކޭއޯއަށް ވިދާޅުވީ މިފަދަ ހާލަތެއްގައި ފެނުގެ ޒަރިއްޔާއިން ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށާއި އެކަމަށް ސަމާލުވެ ތިބުން މުހިއްމު ކަމަށެވެ.

އެގޮތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދުމަށް އެދެ އެވެ.

އޭނާ ވިދާޅުވީ ވާރޭ ފެން ނަގައި ފަރާތްތަކުން ބުޅާ، މީދާ ފަދަތަކެތީގެ އަސަރު ނުހުންނާހެން ފުރާޅާއި ހަން ވީހާވެސް ބޮޑަށް ސާފުކުރުމަށްފަހު، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު ނޫނީ ނުނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރަށުގެ ތެރޭގައި ހުރި ފެންގަނޑުތަކަކީ ކުންޏާއެކު ތަގައްޔަރުވެފައިވާ ފެންކަމުން ފެނުގެ ޒަރިއްޔާއިން ފެތުރޭ ބޭރަށް ހިނގުން ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ ވީހާވެސް ބޮޑަށް ފެންގަނޑުތަކަށް ނޭރި އުޅުން މުހިއްމުކަމަށެވެ. އެކަމުން ހަމުގެ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355