ކުރިނބީގައި އައިޑީ ކާޑު ކަލެކްޓިން ޕޮއިންޓެއް ގާއިމްކޮށް އިއްޔެ ހިދުމަތް ދޭން ފަށައިފި އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ މި ކަލެކްޓިން ޕޮއިންޓްގެ ހިދުމަތް ކައުންސިލްގައި ގާއިމްކޮށް އިއްޔެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
ކަލެކްޓިން ޕޮއިންޓްގެ ހިދުމަތް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްހެ ހެނދުނު 10:00 ން މެންދުރު 12:00 އަދި މެންދުުރުފަހު 13:00 ން 14:00 ލިބެން ހުންނާނެ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މި މަސައްކަތަށް މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތް ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ކަމަށާއި ކަލެކްޓިން ޕޮއިންޓަށް ބޭނުންވާ ސިސްޓަމް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއިން ފޯރުކޮށްދީފައިވާ ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.
މި ހިދުމަތާއި އެކު ފަސޭހަކަމާއެކު އައި.ޑީ.ކާޑު ހެއްދުމުގެ ހިދުމަތް ކުރިނބީ ރައްޔިތުންނަށް ލިބިގެންދާނެއެވެ.