ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ސާބިވެ ކުޅުދުއްފުށި، ދުރުމި، އާދަމް އިބްރާހީމް، 50އ، 10 އަހަރަށް ޖަލަށް ލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
އާދަމް އިބުރާހިމަށް ހުކުމް ކުރުމަށް އިއްޔެ ކުޅުދުއްފުށީ ކޯޓުގައި ކުރި ހުކުމުގައި ދައުވާ ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުންނެވެ.
އާދަމް އިބްރާހީމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު ނަމްބަރު ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ ތިންވަނަ ނަމްބަރުގެ (ނ)ގެ ދަށުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރީލްމަހުގެ ތެރޭގައި 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ބެހިގެންނެވެ. އާދަމް ހައްޔަރުކުރި އޭނާ ހުރީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ފައިނޭސް އޮފިޝަލުގެ މަގާމުގަ އެވެ.