twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުއްޓާއެކު އިތުރު ހަތަރު ރަށެއްގައި އެއާޕޯޓް އެޅުމަށް ހަވާލުކޮށްފި

Mar 7, 2017

ކުޅުދުއްފުޓާއެކު ށ. ފުނަދޫ އާއި ފ ނިލަންދުއާއި ގދ މާވަރުލު އާއި އަދި ފަރެސްމާތޮޑާ އެއާޕޯޓް އެޅުމުގެ މަސައްކަތް މެލޭޝިޔާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ދެންމެ ބޭއްވި ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެއެއްބަސްވުމުގައި ސޮއިކުރިއިރު މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްީ އެކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެންނެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭ ދަތުރުފަތުރުގެ ނިޒާމް ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮންމެ ރަށަކުން 30 މިނެޓުން އެއާޕޯޓަކަށް ދެވޭވަރަށް އެއާޕޯޓު އެޅުމަށް މަސައްކަތް ކުރާ ކަމަށެވެ.

އެއާޕޯޓް އެޅުމަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–ފޮޓޯ: އަވަސް

މިނިސްޓަރު ޒަމީރު ވިދާޅުވީ މިޕުރޮޖެކްޓްއަކީ 57.5 މިލިއަން ޑޮލަރުގެ ޕުރޮޖެކްޓެއްކަމަށާއި އެ ފަސް އެއާޕޯޓް އަންނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ފަސް އެއާޕޯޓުގެ ތެރެއިން އަޅަން އެންމެ އުނދަގޫ އެއާޕޯޓަކަށް ވާނީ ކުޅުދުއްފުށީ އެއާޕޯޓްކަމަށާއި އެއީ އެ ރަށުގައި އޮންނަ ކުޅި ހިއްކައިގެން އަޅަން ޖެހޭ އެއާޕޯޓަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުނަދޫ، ނިލަންދޫ އަދި ފަރެސްމާތޮޑަގައި ވެސް އެއާޕޯޓު އަޅަނީ ބިން ހިއްކައިގެންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. މިދިޔަ އަހަރު ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ އަންނަ އަހަރު ކުޅުދުއްފުށިގައި އެއާޕޯޓް އަޅައި ހިދުމަތްވެސް ދޭން ފަށާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355