twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅު ކައުންސިލްގެ އިސްވެރިއެއް އޮފީސް ތެރޭގައި ބަދުއަހްލާގީ ވީޑިއޯއެއް ބަލާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކް ވެއްޖެ

Mar 7, 2017

ހދ އަތޮޅު ކައުންސިލްގެ އިސްވެރިޔަކު އޮފީސް ތެރޭގައި ބަދުއަހްލާގީ ވީޑިއޯ ބަލަން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

ވީޑިއޯ ބެލިކަމަށް ބުނި ބައެއް ފަރާތްތަކުން ބުނަނީ އެ ވީޑިއޯއިން ފެންނަނީ އެތަނުގެ ވެރިޔަކު ރޭގަނޑު ވަގުތު އޭނާގެ މޭޒުގައި ހުންނަ ކޮމްޕިއުޓަރުން ބަދުއަހްލާގީ ފިލްމު ބަލާ މަންޒަރު ކަމަށެވެ.

އަދި އެބަލަން އިނދެގެން އޭނާގެ ފިރިހެން ހަށި ނެރެގެން އިން ކަމަށް އެ ވީޑިއޯ ބެލި މީހުން ބުނެ އެވެ. އެމީހަކީ އަތޮޅު ކައުންސިލް އިދާރާ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ މެދު އުމުރުގެ ފިރިހެނެކެވެ. މީނާއަކީ ބ. އޭދަފުއްޓަށް ނިސްބަތްވާ މީހެކެވެ.

މިކަމާ ގުޅިގެން އެކައުންސިލްގެ ރައީސް އަހުމަދު އާތިފް ވިދާޅުވީ އެފަދަ ކަމެއްގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355