ޖަލާލުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ކާބޯތަކެތީގެ މައުރަޒަކާއި އޭތިމީތި ސޭލް މި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އެ ސްކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ން 4:00 ކަށް ބޭއްވިގެންދާ މި މައުރަޒުގައި ތަފާތު ވައްތަރުގެ ލުއި ކާބޯތަކެއްޗާއި ރާއްޖޭއި ހައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން އަންނައުނާއި ހިފާ ގެންގުޅޭ ސާމާނު ވިއްކުމަށްް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ސްކޫލުގެ ކުލާސް ރޫމްތަކުގައި ސްމާޓް ބޯޑް ހަރުކުރުމަށް ކަމަށާއި މިހާތަނަށް ހަރުކުރިފައި ވަނީ 8 ކުލާސްރޫމްގައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ހަ ސްޓޯލަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މި މައުރަޒުގެ ސްޓޯލުތައް ހުޅުވައިދެއްވާނީ ކުޅުދުއްފުށީގެ ސަރުކާރު މުވައްސަސާތަކުގެ އިސްވެރިންނެވެ.
ކޮންމެ އަހަރަކުވެސް ސްކޫލްތަކުގެ ބަޖެޓަށް ފައިސާ ހޯދާ ސްކޫލްތަކުގެ ތަރައްގީއަށް ބެލެނިވެރިން އެކިއެކި ފަންޑް ރައިޒިން އިވެންޓްތައް ބާއްވައެވެ. އެގޮތުން މި އަހަރުވެސް ޑިނާނައިޓް އަދި ޓްރޭޑް ފެއާރ ގެ އިތުރުން ގިނަ ހަރަކާތް ތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.