މަގުމައްޗެކޭ އެއްގޮތަށް ގޭރެތޭގައި ވައި ނުސާފުވުން މިއީ އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ ދުޅަހެޔޮ ސިއްހަތަކަށް ތިމާގެ ވަށައިގެންވާ މާހައުލު ސާފުކޮށް އޮތުމަކީ މުހިއްމު ކަމަކެވެ. އެގޮތުން ގޭތެރޭގެ ވައި ސާފުކުރުމަށް މި ގަސްތައް އިންދުން ކިހިނެތްވާނެ ތޯ އެވެ. ބަލާލަންވެސް ރީތި ވާނެ އެވެ.
އެލޮވޭރާ
މިއީ ހޫނު ގަދަ ތަންތާވެސް ފަސޭހައިން ހައްދާލެވޭނެ ގަހެކެވެ. އަދި އެކި ބޭނުންތަކަށްވެސް ބޭނުން ކުރެވޭ ގަހެކެވެ. އެލޮވޭރާއިން ގޭތެރޭގައި ހުންނަ ކެމިކަލްސް ނުވަތަ ހަށިގަނޑަށް ގެއްލުވާ ގޭސް ފަދަ ތަކެތިން ވައި ސާފުކޮށްދެ އެވެ.
ރުއް
ރުކަކީ ގޭތެރޭގައި ހެއްދުމަށް އެންމެ ރަނގަޅު އެކައްޗެވެ. ވައިސާފުކޮށް ދިނުމުގެ އިތުރުން ހިޔާވެސް ލިބޭނެ އެވެ. މީގެ އިތުރުން ރުކުން ކާބަން މޮނޮކްސައިޑް، ތެޔޮފަދަ ތަކެތިން ވަޔަށް އަރާ ކެމިކަލް ފަދަ ތަކެތިން ވައި ސާފުކޮށްދެ އެވެ.
ސްނޭކް ޕްލާންޓް
މިއިވެސް ޕޮޓްގައި ފަސޭހަ ކަމާއިއެކު ހައްދާލެވޭ ގޭގެ އެތެރޭގައި ބަހައްޓާލެވޭނެ ގަހެކެވެ. އަދި ގޭތެރޭގެ ރީތިކަން ވެސް އިތުރުކޮށްދޭ އެއްކެވެ. މިގަހުން ގޭތެރެ ސާފު ކުރުމަށް ބޭނުން ކުރާ އެކި މާއްދާގައި ހިމެނޭ ކެމިކަލް ވައިން ސާފުކޮށްދެއެވެ. ފާހާނާގައި ނުވަތަ ނިދާ ކޮޓަރީގައި ބޭނުން ކުރުމަށް މިއީ ރަނގަޅު ގަހެކެވެ.