އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށް 14 ފަރާތްތަކުން ކުރިމަތިލައިފި އެވެ.
އެގޮތުން ވެރިކަން ކުރާ ޕީޕިއެމް އިން 5 ކެންޑިޑޭޓުން އަދި އިދިކޮޅު އެމްޑީޕީއިންވެސް ވަނީ 5 ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. މީގެ އިތުރުން ދެން ހިމެނެނީ އަމިއްލަގޮތުން 3 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ 1 ކެންޑިޑޭޓެކެވެ.
ޕީޕީއެންއިން ކުރިމަތިލާފައިވަނީ:
ސިއުނާ އާދަމް / ފީފާ
އައިމިނަތު މަޖީދާ / އަމާޒް
އިބްރާހިމް އައްބާސް / ޕެނަމާ
އަހުމަދު ސަމީރު / މެސްކޮޓް
ހަސަން ޝައްފާން / ގ.މާލަމް، މާލެ
އެމްޑީޕީއިން ކުރިމަތިލާފައިވަނީ:
މުހައްމަދު ފަވާޒް / ސައުދީ
އަބްދުލްލަތީފް ހަސަން / ސަބުނަމީގެ
ސަމާ އަލީ / ހިރި
އަލީ ހާޝިމް / ފަންރިޔާ
އަހުމަދު މުހައްމަދު / ނަސީމުގެ
ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވަނީ:
ޒަކަރިއްޔާ އާދަމް / އާވެހި
އަމިއްލަ ގޮތުން ކުރިމަތިލާފައިވަނީ:
އާދަމް ޝަރީފް މުހައްމަދު / ރެޑްޕާރލް
ނިޒާރު މޫސާ / ޒަމްޒަމް
ހަބީބާ އަހުމަދު / މެދަފުށި
މިއަދު ވަނީ ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށީ ކައުންސިލަށް މިއަހަރު އިންތިހާބުކުރަނީ 5 ކައުންސިލަރުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހު 15 ވަނަ ދުވަހު އެވެ.