twitterviber whatsapp telegramfacebookyoutube instagram
22nd May 2025

141 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން މުބާރާތް ނެއްލައިދޫގައި ފަށައިފި

Mar 9, 2017

ހދ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ޤުރުއާން މުބާރާތް މިއަދު ހަވީރު ނެއްލައިދޫގައި ފަށައިފި އެވެ.

އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތުގައި އަތޮޅުގެ 11  ރަށަކުން ޖުމްލަ 141 ދަރިވަރުން ވާދަކުރެ އެވެ.

ހދ އަތޮޅު ގުރުއާން ކިޔެވުމުގެ މުބާރާތް ހުޅުވައިދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ މީގެ ކުރިން މިމުބާރާތް ކުރިއަށްގެންދަނީ ޤައުމީ ޤުރުއާން މުބާރާތުގައި އަތޮޅު ތަމްސީލްކުރާ ދަރިވަރުން ހޮވުމަށް ކަމަށްވިޔަސް މިދިޔަ އަހަރު ގެނައި ބަދަލާއެކު އެކަން ބަދަލުވެފައިވާ ކަމަށެވެ.

” އަޅުގަނޑުމެން މިހާތަނަން ޤުރުއާން މުބާރާތް ބާއްވަމުން މިއައީ ޤައުމީ ޤުރުއާން މުބާރާތްތައް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން އެމުބާރާތް ބާއްވަމުން އައި މުޤައްރަރަށް. އެހެންނަމަވެސް މިދިޔަ އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތްގެ މުޤައްރަރު މިވަނީ ބަދަލުވެފައި. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ މުޤައްރަރު ބަދަލުވެގެން ގޮސްފައިވާ ގޮތަކީ ވަރަށްވެސް ރަނގަޅު ގޮތެއް އެއީ އަޅުގަނޑުމެންވެސް ވަރަށް ތާއީދު ކުރެވޭ ގޮތެއް. އެއީ ޤުރުއާން ތަންކޮޅެއް ދަސްކޮށްލާގެން ކިޔަވާލައިގެން ޓްރޮފީތަކަކާއި ތަށިތަކެއް ލިބުމުގެ ބަދަލުގައި އެކިޔަވާ ދަރިވަރަށްވެސް ޤުރުއާނުން ބޮޑު ބައެއް ދަސްވެ އެތަށް ފައިދާތަކެއް ކުރާގޮތަށްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ” އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް އާތިފް ޤުރުއާން މުބާރާތް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަނީ–

އާތިފް ވިދާޅުވީ އެހެން ކަމުން ހދ އަތޮޅު ކައުންސިލުން ގަބޫލުކުރަނީ ދެން އިންތިހާބުވާ ކައުންސިލަރުން އަދި ދެން އިންތިހާބުވާ ކައުންސިލަރުން މި މުބާރާތް ދެން ކުރިއަށް ގެންދަވަންޔާ ގެންދަންވާނީ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި މިހާރު ކަނޑައަޅާފައިވާ މުޤައްރަރަށް، އަތޮޅު ތަމްސީލްކުރާނެ ދަރިވަރުން ހޮވުމަށްކަމަށް އާތިފް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ބޮޑަށް މަންފާކޮށް ހަރަދުތައް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމަހުގެ 9 އިން 11 އަށް ކުރިއަށްދާ މިމުބާރާތުގައި ބަލައިގެން ކިޔަވާ ގޮފިން ނުބަލާ ކިޔަވާ ގޮފިން ކިޔެވުމަށް ހަމަޖެހިފަވައި ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެ އެވެ.

ހދ.ނެއްލައިދޫ ސްކޫލުގެ ހޯލްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ބައިވެރިނުވަނީ ފިނޭ އާއި ހިރިމަރަދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355