ކުޅުދުއްފުށިގައި ވަކިވަކިން މިއަދު ހިނގި 2 އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މި ދެ އެކްސިޑެންޓްވެސް ހިނގާފައިވަނީ ސައިކަލުން ޖެހި އެވެ.
މިތަނުން އެއް އެކްސިޑުންޓް ހިނގީ މިއަދު މެންދުރުގެ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި އުމުރުން 29 އަހަރުގެ ފިރިހެން މީހާގެ ކަނާތް އަތް ބިނދައިގެން ގޮސްފައިވާއިރު އެމީހާގެ އަތުގެ އޮޕަރޭޝަނެއް މިއަދު ހަވީރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވަނީކޮށްފަ އެވެ.
މިއަދު ދެ ސައިކަލް ޖެހި ހިނގި ދެވަނަ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 35 އަހަރުގެ އަންހެނަކަށެވެ. އެމީހާގެ ވާއަތް ބިނދިފައިވާއިރު ހަމައެއަތުގެ ކުޑަ ހުޅުންވަނީ ނެއްޓިފައި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފާތުމަތު ހަސަން މިރޭ ކޭއޯއަށް ވިދާޅުވީ މިއަދު ހިނގި ދެ އެކްސިޑެންޓްގައި އަނިޔާވި މީހުން 2 މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އާސަންދަ ހަމަޖެހުނުހާ އަވަހަކަށް އެ ދެމީހުންވެސް މާލެ ފޮނުވާލާނެކަމަށް ފާތުމަތު ވިދާޅުވި އެވެ.