ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބުރާހިމް ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވައި ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
އެގޮތުން މިއަދު ހަވީރު އެކަމަނާ ވަނީ ހަނިމާދޫއަށް ވަޑައިގަންފަ އެވެ. އެކަމަނާ ހަނިމާދޫއަށް ވަޑައިގަންނެވިއިރު ގިނަ ރައްޔިތުންތަކެއް ވަނީ އެއާޕޯޓަށް ޖަމާވެ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ކޭއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ އެސަރަހައްދުގެ ރައްޔިތުންގެ ހާލު ގާތުން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ހއ އުތީމް، ދިއްދޫ، ހޯރަފުށި، ކެލާ، އިހަވަންދޫ އަދި ހަނިމާދޫގެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާއި އެކަމަނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބި އެވެ.
އެކަމަނާގެ މިދަތުރުފުޅުގައި ހއ އަތޮޅަށް ނިސްބަތްވާ ކެބިނެޓްގެ ބައެއް ވަޒީރުންނާއި މަޖިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.