twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކުރިނބީގައި ކައުންސިލަރަކާއި ކުޑަކުއްޖެއްގެ ދެމެދު މާރާމާރީއެއް ހިނގައިފި

Mar 10, 2017

ހދ. ކުރިނބީގައި ކައުންސިލް މެމްބަރަކާއި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ދެމެދު  މާރާމާރީ ހިނގައިފި އެވެ.

މިއަދު 2 ޖަހާއެއިރު ހިނގި މި މާރާމާރީގައި އެއްވެސް މީހަކަށް ބޮޑެތި  އަނިޔާވެފައިފައިނުވިނަމަވެސް ކޮންމެވެސް ވަރަކަށް އަނިޔާވަނީ ވެފައެވެ.

ކުރިނބީ ވާހަކަ ދެއްކި މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ދެ މީހުން ގައްޔަށް އަތްލައި މާރާމާރީ ހިންގާފައިވަނީ ސޯސަލް މީޑިއާގައި ޖެހި ސްޓޭޓަސްއަކާ ހެދި ހިތްހަމަ ނުޖެހިގެން ކަމަށެވެ.

” މަށަށް ފެނުނުއިރު ދެމީހުން ތިބީ އެކަކު އަނެއްކަކުގެ ގިރުވާނުގައި ހިފަހައްޓައިގެން. ގަޔަށް އައިނުލާށޭ ބުނެ ފޯނުން ވީޑިއޯކުރާނަމޭ ބުނީ މަ ދޫކޮށްލީ” މަންޒަރު ދުށް މީހަކު ބުންޏެވެ.

އޭނާ ބުނީ ފޭސްބުކްގައި ސްޓޭޓަސް ޖެހީ 18 އަހަރު ނުވާ ކުއްޖާކަމަށެވެ. އެ ސްޓޭޓަސްގައި އެއްވެސް މީހެއްގެ ނަމެއް ޖަހާފައެއް ނުވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ކޭއޯއަށް ވިދާޅުވީ މިއަދު ކުރިނބީ އިން އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަމަށާއި އެކަމުގައި އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެމައްސަލަ ފުލުހުން އިތުރަށް ބަލަމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355