twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރައީސްގެ އަނބިކަބަލުން އިހަވަންދޫގައި ހުންނަ ޕީޕީއެމްގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފި

Mar 10, 2017

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބުރާހިމް ތިލަދުންމަތީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގައި ހއ އިހަވަންދޫއަށް ވަޑައިގަން އެރަށުގެ ޕީޕީއެމް އޮފީސް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މިއަދު ވަރަށް ހަވީރުވި ފަހުން ބޭއްވި މިރަސްމިއްޔާތުގައި ޕީޕީއެމްގެ ކައުންސިލަރުންނާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން ވަނީ ބައިވެރިވެފަ އެވެ.

ރައީސްގެ އަނބިކަބަލުން މިއަދު ޕީޕީއެމް އިހަވަންދޫ އޮފސް ހުޅުވައިދެއްވުމުގެ ހަފްލާގައި —-

ކޭއޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅަކީ އެސަރަހައްދުގެ ރައްޔިތުންގެ ހާލު ގާތުން ދެނެގަތުމަށް އެކަމަނާ ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި އިހަވަންދޫގެ އިތުރުން ހއ އުތީމް، ދިއްދޫ، ހޯރަފުށި، ކެލާ، އަދި ހަނިމާދޫގެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އަދި އެރަށްރަށުގެ ރައްޔިތުންނާއި އެކަމަނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބި އެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ހއ އަތޮޅަށް ނިސްބަތްވާ ކެބިނެޓްގެ ބައެއް ވަޒީރުންނާއި މަޖިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355