twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ހދ އަތޮޅު ގުރުއާން މުބާރާތް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ވައިކަރަދޫ ކާމިޔާބުކޮށްފި

Mar 11, 2017

ހދ އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތް، އަތޮޅު ޤުރުއާން މުބާރާތްގެ އެއްވަނަ ވައިކަރަދޫ ހޯދައިފި އެވެ. މިއީ ވައިކަރަދޫ މި މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ.

މި މުބާރާތުގެ ދެވަނަ ހަނިމާދޫ ހޯދާފައިވާއިރު 3 ވަނަ ހޯދާފައިވަނީ ކުޅުދުއްްފުއްޓެވެ.

ހދ އަތޮޅު ޤުރުއާން މުބާރާތް އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ކާމިޔާބު ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ކުރީ ރައީސް ހުސެއިން ރަޝީދެވެ.

މިމުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންވަނީ ހޮވާފަ އެވެ. އެންމެ މޮޅު 15 ދަރިވަރުންނަށް ހޮވިފައިވަނީ ވައިކަރަދޫ/ އަހުމަދު އަޜުޝަމް، ފާތުމަތު ޝައުރާ، މަރްޔަމް ޝިދުރާ ޝަފީޤް، ފައިހާ އަބުދުﷲ އަޤީލް، އަހުމަދު އިޔާދު، ޔޫޝައު ބިން މުހައްމަދު ހިލްމީ، ހަނިމާދޫ/ މަރްޔަމް އިބާ، މާލެ/ ރާޔާ އަންވަރު، އާޔަން އިބުރާހިމް، ނޮޅިވަރަންފަރު/ އާއިޝަތު ނުރާ އަލީ، އަހުމަދު ހަލަފް، ނެއްލައިދޫ/ ހުސެއިން ޔާނިމް، މަކުނުދޫ/ އާއިޝަތު އީލާފް އަލީ ނަސީރު، ނޮޅިވަރަމް/ ޝައްމާ މުހައްމަދު، މާޔާ މުހައްމަދެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއްވަނަ ހޯދީ، ވައިކަރަދޫ/ ފަލްކަމް، ފައިހާ އަބުދުﷲ އަޤީލެވެ، ދެވަނަ ހޯދީ މަކުނުދޫ/ ރޯޝަނީއާގެ، އާއިޝަތު އީލާފް އަލީ ނަސީރެވެ. 3 ވަނަ ހާސިލްކުރީ ނޮޅިވަރަމް/ ގަހާ، ޝައްމާ މުހައްމަދެވެ.

ބަލައިގެން ކިޔެވި ގޮފިން އެއްވަނަ ހާސިލްކުރީ ވައިކަރަދޫ/ ގުރަހާތަރި، އަހުމަދު އަރުޝަމެވެ. 2 ވަނަ ހޯދައިފައިވަނީ ހަނިމާދޫ/ އެނގަކުރި، މަރްޔަމް އިބާ އެވެ. 3 ވަނަ ލިބިފައިވަނީ ވައިކަރަދޫ/ ކަނބުރު، ފާތިމަތު ޝައުރާ މުހައްމަދު ޝަފީޤެވެ.

މިއަހަރުވެސް ޤުރުއާން މުބާރާތުގައި ރަންވަނަތައް ހާސިލްކޮށްފައިވަނީ ވައިކަރަދޫގެ ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355