ޤުރުއާނަކީ މާތްﷲ ބާއްވާލެއްވި އެކަލާންގެ ކަލާންފުޅުކަމަށާއި އެބައެއްގެ ތެރޭގައި ޤުރުއާނުގެ ނޫރު ނުވަތަ ޤުރުއާނުގެ ދަންމަރު ނެތްނަމަ އެބަޔަކު ދާނީ ޖަހާލަތުގެ ތެރެއަށްކަމުން ހދ އަތޮޅުގައި މި ދަންމަރު އިތުރަށް އަލިކޮށް އުޖާލާކުރަން ޖެހޭކަމަށް ހދ އަތޮޅު ކައުންސިލުގެ ފުރަތަމަ ދައުރުގެ ރައީސް ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ހދ އަތޮޅު ޤުރުއާން މުބާރާތް ޝަރަފުވެރިކޮށްދެއްވާ ރޭ ނެއްލައިދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ހުސެއިން ވިދާޅުވީ ޤުރުއާނަކީ މިއުއްމަތް އަލިކުރެއްވި ނޫރުކަމަށްވާއިރު ބެލެނިވެރިން އެބޭފުޅުންގެ ދަރިންނަށްޓަކާ ޤުރުއާނާ އެއްގޮތަށް އަމަލުކުރުމަށްޓަކާ ޤުރުއާން ދަސްކޮށްދީ، ހިތު ދަސްކުރުމުގެ ރޫޙް ދަރިންގެ ކިބައިގައި އާލާކުރުމަށް އެދިލެއްވި އެވެ.
އައްޑޫ ސިޓީ ފިޔަވާ އެންމެ ބޮޑު އާބާދީއެއް އޮތް އަތޮޅަކީ ހދ އަތޮޅަށް އަތޮޅުކަމަށްވާއިރު ޤުރުއާންއަށް ލޯބިކުރާ ޤުރުއާން ހިތު ދަސްކޮށް، ޤުރުއާނާ އެގޮތަށް އަމަލުކުރާ އަހުލާގު ރަނގަޅު ދަރިވަރުންތަކެއް ބިނާކުރުމުގެ މަގުސަދުގައި ކުރީގެ އަތޮޅު ކައުންސިލުން ފެށި މި މުބާރާތުގެ ހަނދާ އާކުރައްވަމުން ހުސެއިން ރަޝީދު ވިދާޅުވީ ބޭނުމަކީ މުބާރާތުން ވަނަތައް ގެންނަ ކުދިން އިތުރުކުރުމެއް ނޫންކަމަށެވެ. ހަމައެކަނި ޤުރުއާން ދެކެ ލޯބިވާ ރީތިކޮށް ޤުރުއާން ކިޔަވާ ޤުރުއާންނާއި އެގޮތަށް އުޅުން ބަހައްޓާ ދަރިންތަކެއް ހދ ގައި އުފަން ކުރުން ކަމަށެވެ. އަދި އެ އެމަގުސަދު ހާސިލްކުރުމަށްޓަކާ އޭރުގެ ކައުންސިލުން ފެށި ދަތުރު މިއަދާ ހަމައަށް އާއިރު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން ހދ އަތޮޅަކީ ބޮޑު އަތޮޅަކަށް ވާހިނދު އެކިރޮގުތަކުން ކުރިއަރަމުން ދާއިރު ނުވަތަ ކުރިއެރުން ހޯދަމުންދާއިރުގައި ޤުރުއާން ކިޔަވާ އެ ޤުރުއާނުގެ އަހުލުވެރި، ފަންނުވެރި ދަރިވަރުންތަކެއް އުފަންކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެން އަތޮޅު ކުރިއެރުވުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް” ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ރަށު ކައުންސިލުތަކުން ޤުރުއާން ކިޔަވާ ދަރިވަރުންނަށް އެކައުންސިލުތަކުން ވެދެވޭނެ އެހީތެރިކަމަކީ ކޮބާތޯ ބަލައި ބެލެނިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް އެބަޖެހޭ ކަމަށެވެ. އަދި ހަމަ ސްކޫލުތަކުން ކުރާ މަސައްކަތުގައި ބެލެނިވެރިންނާއި ކައުންސިލުތަކާ ގުޅިގެން މަސައްކަތް ކުރަން ޖޭހޭކަމަށް ހުސެއިން ވިދާޅުވި އެވެ.
”މިއީ އެއްބައެއްގެ މަސައްކަތްތަކެއް ކަމެއް ބަލައިގެން ތިބެވޭކަށް ނެތް. މުބާރާތަކަށް ވާދަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން ބެލެވޭކަށް ނެތް. އެންމެ ތުއްތު އިރުން ފެށިގެން ދަރިފުޅަކީ ޤުރުއާން ކިޔެވުމަށް ދަންނަށް ޤުރުއާނުގެ މާނައަށް އަހުލުވެރިވާ ކުއްޖަކަށް ހެދުމަށްޓަކައި އަރަބި ބަސް ދަސްކުރުމާއެކުގައި ޤުރުއާން ކިޔެވުމަށް ދަންނަށް ދަރިވަރުންތަކަކަށް ހެދުމަށް މިފަންނުގައި ދަރިވަރުން ބިނާ ކުރަން ޖެހިފައިވޭ” ހުސެއިން ވިދާޅުވި އެވެ.
ހދ އަތޮޅު ކުރިމަގުގައި ހަވާލުވާ ކައުންސިލަކުންވެސް އަދި އެހެން ކައުންސިލުތަކުންވެސް މިމުބާރާތް މިއަދު މިދާ މަރުހަލާއަށްވުރެ އިތުރު މަރުހަލާއަކަށް ކުރިއަށްގެންގޮސް ދިނުންކަމަށެވެ. އަދި ހަމައެކަނި ވަނަ ހޯދުމުގެ ބަދަލުގައި މިއަތޮޅު ދަރިވަރުންނަކީ ރާއްޖޭގެ އެހެންވެސް އިލްމުވެރިންނާއި ވާދަކޮށްލެވޭވަރަށް ޤުރުއާނުގެ އިލްމު އިން ކުރިއަށްދާ ޤުރުއާން ދަންނަށް، ޤުރުއާނަށް ފަރިތަ، މާނަ ދަންނަ ދަރިންތަކަކަށް ހެދުމަށްޓަކައި، މިއަތޮޅު ހެދުމަށްޓަކައި މަސައްކަތްކޮށްދޭނެ ކަމަށް މުއްމީދުކުރައްވާކަމަށް ހުސެއިން ވިދާޅުވި އެވެ.