ދޮންނަ މެޝިނެއްގެ ތެރެއަށް އަތްލައިގެން އުޅެނިކޮށް އިނގިލި ތާށިވެ، ޗަސްވެއްޖެ އެވެ.
ށ. ގޮއިދޫގައި މިއަދު ހިނގި މިހާދިސާގައި 29 އަހަރުގެ މި އަންހެން މީހާގެ ކަނާތުގެ މެދު އިނގިލި ވަނީ އެއްކޮށް ޗަސްވެފަ އެެވެ.
އެމިހާގެ އިނގިލި ތާށިވީ ކިހިނެއް ވެގެން ކަމެއް ސީދާ ނޭނގެ އެވެ.
” ބޮޑަށް ބެލެވެނީ މެޝިނުގެ ހިއްކާ ބައި މައްސަލައެއް ޖެހިގެން ހުއްޓުނީމަ ރަނގަޅު ކުރުމަށް އަތްލުމުން އެނބުރި ގަތީކަމަށް ” ގޮއިދޫ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފާތުމަތު ހަސަން ވިދާޅުވީ އިނގިލި ޗަސްވެގެން ގެނައި މީހާގެ އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށާއި އޮޕަރޭޝަނަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.