twitterviber whatsapp telegramfacebookyoutube instagram
14th August 2026

އިންތިހާބާ ނުލައި ހުސެއިންއަށް ކައުންސިލް ގޮނޑި ލިބިއްޖެ

Mar 13, 2017

ހދ އަތޮޅު ކައުންސިލްގެ ނޮޅިވަރަމްދާއިރާގެ ގޮނޑި އިންތިހާބާ ނުލައި މިހާރުވެސް އެދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ އެމްޑީޕީގެ ކައުންސިލަރު ހުސެއިން ހަސަންއަށް ލިބިއްޖެ އެވެ.

ހުސެއިން އަށް އެދާއިރާގެ ގޮނޑި އިންތިހާބާ ނުލައި ލިބުނީ އިތުރު ކެނޑިޑޭޓަކުން އެދާއިރާއިން ކުރިމަތިލާފައިވާ ނުވާތީކަމަށް އިލެކްޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުންބުނީ އޭޕްރީލް 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަކުރާ 13 ކެންޑިޑޭޓަކު އެ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ކައުންސިލްތަކަށް އިންތިހާބު ވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު އިންތިހާބުކުރަންޖެހޭ މެމްބަރުންގެ އަދަދާ އެއްވަރުވެފައިވާ ފަސް ކައުންސިލެއް ވާ ކަމަށެވެ.

މީގެ ނޮޅިވަރަމްދާއިރާގެ އިތުރުން، ރ. ކިނޮޅަހު ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި ތިން ކެންޑިޑޭޓުންނާއި އދ. ދިއްދޫ ކައުންސިލަށް ކުރިމަތިލި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓާއެކު ތިން ކެންޑިޑޭޓުން ވަނީ އިންތިހާބެއް ނެތި އެ ކައުންސިލްތަކަށް ހޮވިފައެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން ބުނީ މ. ރަތްމަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލި ތިން ކެންޑިޑޭޓުންނާއި ތ. ގުރައިދޫ ކައުންސިލަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ތިން ކެންޑިޑޭޓުންނާ އެކު ޖުމްލަ 13 ކެންޑިޑޭޓަކު އިންތިހާބު ވެފައިވާ ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355