twitterviber whatsapp telegramfacebookyoutube instagram
17th February 2026

މާރާމާރީގެ މައްސަލައަކާއި ގުޅިގެން ހޯރަފުށި މީހަކު ހޯދަނީ

Mar 13, 2017

ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯރަފުށި މީހަަކު ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުންދާ މާރާމާރީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ތަހުޤީޤަށް ހޯދަމުންދަނީ ހއ.ހޯރަފުށި، އަބްދުﷲ ޞާރިމް ހާރޫން ހުވަދުމާގެ (26އ) އެވެ.

ވީމާ އަބްދުﷲ ޞާރިމް ހާރޫންއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ހޮޓްލައިން ނަމްބަރު 3000600 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355