ރާއްޖޭގައި ހަލުވިކަމާއެކު އެޗްވަންއެންވަން ފެތުރޭ އަދަދު އިތުވެފައިވަތީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ބަންދުކޮށްފި އެވެ.
މާދަމާއިން ފެށިގެން ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ކިޔެވުންނޯނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ދާދި ދެންމެއަކު ހާމަކުރައްވައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމީ ހަލުވިކަމާއެކު ރާއް2ޖޭގައި އެޗްވަންއެންވަން ފެތުރެމުންދާތީ އެޗްޕީއޭއިން ލަފާ ދިނުމުންނެވެ.
ކުޅުދުއްފުށިގައި ކައުންސިލް ހިންގާ އަމީރު އަމީން ސްކޫލުންގެ ކިޔެވުންވެސް ވަނީ ބަންދުކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގައި ކުރިއަށްދާ ކުއްލި ޕްރެސް ކޮންފަރެންސްގައި އިއުލާންކޮށްފައިވާ ގޮތުން އެޗްވަންއެންވަން ރޯގާގައި 26 އަހަރުގެ މީހަކު މަރުވެފައިވާކަން ވަނީ އިއުލާންކޮށްފަ އެވެ.
އެޗް1އެން1 އަށް ޝައްކު ކުރެވިގެން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.