twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށިންވެސް ސްވައިން ފްލޫއަށް ޕޮޒްޓިވް ކޭސްތައްވަނީ ފެނިފަ

Mar 14, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޮނުވި ބައެއް ސާމްޕަލުތައްވެސް އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫއަށް ޕޮޒްޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ކުރިއަށްގެންދިޔަ ކުއްލި ޕްރެސް ކޮންފަރެންސްގައި ޑރ ނިޔާފް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެ ފޮނުވާލި މާބަނޑު އަންހެން މީހާގެ ހަށިގަނޑުން އެޗްވަންއެންވަންގެ އަލާމާތްތައް ފެނިފައިވާ ކަމަށާއި އެމިހާގެ ހާލު ސީރިއަސް ކަމަށެވެ.

ހާލު ސީރިއަސްވެފައި އައިޖީއެމްއެޗުގައި ފަރުވާދެމުންދާ މާބަނޑު މީހާއަކީ ށ އަތޮޅަށް ނިސްބަތްވާ މީހެކެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވި އިތުރު ސާމްޕަލުތަކުންވެސް ސްވައިން ފްލޫއަށް ޕޮޒްޓިވްވެފައިވާ ކަމަށެވެ. އެހެންނަމެސް ޕޮޒްޓިވްވެފައިވަނީ ކިއްތަށް މީހުންގެ ސާމްޕަލްކަމެއް ޑރ ނިޔާފް ހާމައެއް ނުކުރައްވަ އެވެ.

މިހާތަނަށް އެންމެ ގިނަ ކޭސްތައް އަތޮޅުތެރެއިން ފެނިފައިވާ ކުޅުދުއްފުއްޓާއި ރ އަލިފުށިންނެވެ. އަދި ބ އަތޮޅުންވެސް އިންފްލްއެންޒާ ކޭސްތައް ފެނިފައިވާ ކަމަށް ޑރ ނިޔާފް ވިދާޅުވި އެވެ.

މިހާރު ހެލްތު މިނިސްޓްރީ އިން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނިޔާފް ވިދާޅުވީ އެލާޓްލެވަލްއަށް އައީ ކުއްލިއަކަށް ކޭސްތައް އިތުރުވުމުން ކަމަށެވެ. ހާލަތު މިހާރު ހުރި ގޮތުން ހާލަތު މި އޮތީ ލެވަލް ތިނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީއިން ވިދާޅުވީ ސްވައިން ފްލޫގެ އެންމެ މަތީ ލެވަލް އަކީ އެކެއް ކަމަށެވެ. ކޭސް ތިނަކީ އެކި ސަރަހައްދުތަކުން އިތުރުވަމުންދާތީ ނެރޭ އެލާޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355