މިހާރު ރާއްޖޭގެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ސްވައިން ފްލޫ އާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ހުރިހާ ޤްރުއާން ކުލާސްތަކާއި ޓިއުޝަން ކްލާސްތައް ބަންދުކޮށްފި އެވެ.
ކުލާސްތަކުން ބުނީ ސްކޫލުތައް ބަންދު ކުރުމާއި ގުޅިގެން ކުލާސްތައްވެސް ވަނީ ބަންދުކޮށްފައި ކަމަށާއި ދެން ކުލާސްތައް ހުޅުވާނީ މިޑް ޓާރމް ބުރޭކަށްފަހު ސްކޫލުތަކާއި އެކު ކަމަށެވެ.
ރާއްޖޭގައި އެޗްވަންއެންވަން ފެތުރޭ އަދަދު އިތުވެފައިވަތީ އެޑިއުކޭޝަން މިނިސްޓްރީން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ވަނީ ބަންދުކޮށްފަ އެވެ.
މީގެ އިތުރުން ކުޅުދުއްފުށިން ވެސް ސްވައިން ފްލޫއަށް ޕޮޒްޓިވް ކޭސްތަކެއް ފެނިފައިވާއިރު ކުޅުދުއްފުށީ ހޮސްޕިޓަލުން މާލެ ފޮނުވާލި މާބަނޑު އަންހެން މީހާގެ ހަށިގަނޑުން އެޗްވަންއެންވަންގެ އަލާމާތްތައް ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީގައި ރޭ ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ޑރ ނިޔާފް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކުޅުދުއްފުށި ހޮސްޕިޓަލުން ފޮނުވި އިތުރު ސާމްޕަލުތަކުންވެސް ސްވައިން ފްލޫއަށް ޕޮޒްޓިވްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެޗްވަންއެންވަން ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ ކޮންމެ ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށްވެސް ހެލްތުން ވަނީ އިލްތިމާސްކޮށްފަ އެވެ.