twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ހުން ފެތުރޭ މިންވަރު އިތުރުވަމުންދާތީ ގުނޫތު ކިޔަން އަންގައިފި

Mar 15, 2017

އެޗް1އެން1 އަދި ވައިރަލް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ހުރިހާ ނަމާދެއްގެ ފަހުގައި ޤުނޫތު ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ނެރުނު ސާކިއުލާއެއްގައި ވަނީ މާދަމާގެ މަޣުރިބު ނަމާދަށް ފަހު އަޑު ހަރުކޮށް ކިޔަވާ ކޮންމެ ނަމާދެއްގެ (އަޑުހަރުކޮށް ކިޔަވާ ނަމާދުތައް: މަޣުރިބު، އިޝާ، ފަތިސް ނަމާދު) ފަހު ރަކުއަތުގެ އިއުތިދާލުގައި ޤުނޫތު ކިޔަވަން އަންގާފަ އެވެ.

ރޭގެ މަޣުރިބު ނަމާދުން ފެށިގެން އިސްލާމީ މަރުކަޒުގައި ވަނީ ޤުނޫތު ކިޔަވަން ފަށާފަ އެވެ. އަދި މިއަދުގެ މަޣުރިބު ނަމާދަށް ފަހު އެހެން ހުރިހާ މިސްކިތަކުން ވެސް ޖަހުރިއްޔަ ނަމާދުތަކުގައި މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ގުނޫތު ކިޔުން ކުރިޔަށް ގެންދިއުމަށް ވަނީ އަންގައިފައެވެ.

ސްވައިން ފްލޫ އާއި ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފަ އެވެ. މާލެ ފިޔަވައި ދެން އެންމެ ގިނައިން އެޗް1އެން1ގެ ކޭސްތައް ފެނިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ރ. އަލިފުށިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355