twitterviber whatsapp telegramfacebookyoutube instagram
4th May 2024

ސްވައިން ފްލޫގެ އިތުރު ކޭސްއެއް ފެނިފައެއްނުވޭ: ކުޅުދުއްފުށީ ހޮސްޕިޓަލް

Mar 15, 2017

މިހާރު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފުލޫގެ އިތުުރު ކޭސްއެއް ކުޅުދުއްފުށިން ފެނިފައ ނުވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެ އެވެ.

ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ސްވައިން ފުލޫ އިތުރު ކޭސްއެއް ފެނިފައިވާ ނުވާކަމަށާއި އަދި ހުން ޖެހިގެންވެސް ޑޮކްޓަރަށް ދައްކާ އަދަދު ވަކި އިތުުރުވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މާބަނޑު މީހުންނަށް ބޭނުންވާ އިންފުލުއެންޒާ ވެކްސިން ހޯދުމަށް ހޮސްޕިޓަލްގައި ރަޖިސްޓްރީވެފައިވާ މާބަނޑު މީހުންގެ ތަފްސީލް އެޗްޕީއޭއަށް ފޮނުވާފައިވާނެ ކަމަށާއި ވެކްސިން ލިބުނުހާ އަވަހަށް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެގޮތުން މާލޭގައި ސްވައިން ފްލޫ އާއި ހުމާއި ރޯގާ އިން ދިފާއުވުމުގެ ގޮތުން މާބަނޑު މީހުންނަށް އިންފުލުއެންޒާ ވެކްސިން މިހާރު ވަނީ ދޭންފަށާފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފޮނުވި ބައެއް ސާމްޕަލުތައްވެސް އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫއަށް ޕޮޒްޓިވް ވެފައިވާކަމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355