twitterviber whatsapp telegramfacebookyoutube instagram
19th July 2025

މަކުނުދޫ ސްކޫލް މަލްޓި މީޑިއާ ކުރުމަށް ކައުންސިލުން އެއްލައްކަ ވުރެގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Mar 16, 2017

މަކުނުދޫ ސްކޫލް މަލްޓި މީޑިއާ ކުރުމަށް އެރަށު ކައުންސިލުން އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ކޭއޯ އަށް ވިދާޅުވީ މަކުނުދޫ ސްކޫލް މަލްޓި މީޑިއާ ކުރުމަށްޓަކައި ކައުންސިލްގެ އިއްޔެ ބައްދަލުވުމުގައި އެއްލައްކަ ސާޅީސް އަށްހާށް ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ބަޖެޓެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާސްކޮށްފަ ކަމަށެވެ.

ސްކޫލުން ކައުންސިލަށް އެސްޓީއޯ، ރީފްސައިޓް އަދި އެސްޓާރސް އިން ސްކޫލް މަލްޓި މީޑިއާ ކުރުމަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހުށައަޅާފައިވާ ކަމަށާއި އެގޮތުން ބަޖެޓް ފާސްކޮށްފައިވަނީ އެސްޓީއޯގެ ކޯޓޭޝަނަށް ކަމަށް ޝާކިރު ވިދާޅުވި އެވެ.

އެގޮތުން ޝާކިރު ވިދާޅުވީ ސްކޫލް މަލްޓި މީޑިއާ ކުރުމަށް 9 ކުލާސް ރޫމަށް ބޭނުންވާނެ ޓީވީ އަދި ސްމާޓް ބޯޑު ގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ކައުންސިލުން މި ބަޖެޓް ހަމަޖައްސާފައިވަނީ ދެވަނަ ދައުރުގެ ކައުންސިލްގެ އާމްދަނީން ކަމަށެވެ.

މީގެ އިތުރުން ޝާކިރު ވަނީ ކައުންސިލްގެ އެކި ކަންކަމުގައި ދެއްވި އެއްބާރުލުމަށް ކައުންސިލްގެ މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355