twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ޖެންޑާރ މިނިސްޓްރީން އިޖްތިމާއީ ހިދުމަތްތެރީންގެ ހުނަރު އިތުރު ކުރުމަށް ހިންގި ދެވަނަ ވޯކްޝޮޕް ނިންމާލައިފި

Mar 16, 2017

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިޖްތިމާއި ހިދުމަތްތެރިންގެ ހުނަރާ ގާބިލްކަން އިތުރު ކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބެޗް ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ ޔުނިސެފް އާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިޖްތިމާއީ ހިދުމަތްތެރިން މެދުވެރިކޮށް މިނިސްޓްރީއިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ މިނިސްޓްރީ އޮފް ސްޓޭޓް ފޮރ ޖެންޑާ އެންޑް ފެމިލީ ﷲޑރ އަތައުﷲ އަހުމަދު ރަސީދެކެވެ. މި ޕްރޮގްރާމުގެ ދަށުން އިޖްތިމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މީގެ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ވަނީ ރާވާފަ އެވެ.

އެގޮތުން މި ތަމްރީން ޕްރޮގްރާމުގައި ޖުމަލަ 24 މުވައްޒަފުން ބައިވެރިވެފައިވާއިރު މިއީ ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެފްސީއެސްސީ ތަކުގައި އަދި މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންގެންދަވާ އިޖްތިމާއި ހިދުމަތްތެރިންގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ މުވައްޒަފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355