twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރޯގާ ޖެހިގެން އިއްޔެ ހދ.އަތޮޅުން 116 މީހުން ފަރުވާ ހޯދާފައިވޭ

Mar 16, 2017

މިއަދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހދ.އަތޮޅުން އިއްޔެ ވަނީ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން (ރޯގާޖެހިގެން) 116 މީހުން ފަރުވާހޯދާފައި އެވެ. އަދި އޭގެ ތެރެއިން 2 މީހަކަށް ވަނީ އެޑްމިޓްކޮށް ފަރުވާދީފައި އެވެ.

އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދެއްކި ގޮތުގައި ވައިރަހަށް ޓެސްޓްކުރި 279 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 82 މީހެކެވެ. އަދި މިއަދު އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިހާތަނަށް 335 މީހުން ވައިރަހަށް ޓެސްޓްކޮށް އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 105 މީހެކެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް މާލޭ ސަރަހައްދުން ޖުމްލަ 739 މީހަކަށް އިއްޔެ ވަނީ ފަރުވާދީފައި ކަމަށާއި އޭގެ ތެރެއިން އަށް މީހަކު ވަނީ އެޑްމިޓްކޮށްފައި އެވެ.

އަތޮޅުތެރެއިން އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް ޖުމްލަ 1076 މީހަކަށް ވަނީ އިއްޔެ ފަރުވާ ދީފައި އެވެ. އޭގެ ތެރެއިން 22 މީހަކު ވަނީ އެޑްމިޓްކޮށްފައި އެވެ.

އަދި އަތޮޅު ތެރެއިން އެންމެ ގިނައިން އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނަށް ފަރުވާ ހޯދާފައިވަނީ ހދ. އަތޮޅުންނެވެ. ހއ. އަދި ށ. އަތޮޅުން ވަނީ ޖުމްލަ 163 މީހުން މިއިންފެކްޝަނަށް ފަރުވާ ހޯދާފައިއެވެ.

އެޗް1އެން1އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައި އެވެ. އެއީ

އެ ވައިރަހަށް ޕޮޒިޓިވްވި 26 އަހަރުގެ ފިރިހެނަކާއި އާއި ރޭ އައިޖީއެމްއެޗްގައި މަރުވި 51 އަހަރުގެ އަންހެނެކެވެ.

މީގެ އިތުރުން ރޭ ފަތިހު ވަނީ ހުމަށް ފަރުވާ ދެމުން ދެނިކޮށް ބ.އޭދަފުށީގައި 59 އަހަރުގެ އަންހެނަކު މަރުވެފައި އެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އޭނާ އެޗްވަންއެންވަން އަށް ޕޮޒިޓިވްވި ކަމެއް އަދި ސާފެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355