twitterviber whatsapp telegramfacebookyoutube instagram
15th June 2025

8 ގަޑިއިރު ކުރިން ޑޮލަރު ހޯދަން އެދުމަށް ބީއެމްއެލްއިން އެދެފި

Mar 16, 2017

މިދުވަސްވަރަކީ ސްކޫލް ބަންދާއި ދިމާކޮށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ފުރުމުގެ 8 ގަޑިއިރުކުރިން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ ދައްކާ ބުކިންގ ކޮންފާމްކުރުމަށް ދަތުރުވެރިންނަށް ބޭންކުން ވަނީ އެދިފައި އެވެ.

ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބީއެމްއެލްއިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ އޮންލައިންކޮށް ބުކިންގ ހައްދައިގެން ޑޮލަރު ލިބޭނެ ނިޒާމެއް ތައާރަފްކޮށްފައެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިންގ ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވެއެވެ.

ނަމަވެސް އޮންލައިންކޮށް ބުކިންގ ނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްްވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށާއި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް އިސްކަން ދެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com