twitterviber whatsapp telegramfacebookyoutube instagram
17th February 2026

މޯލްޑިވިއަންގެ އިތުރު ފުލައިޓެއް ހަނިމާދޫއިން ޓްރެވެންޑްރަމް އަށް

Mar 18, 2017

ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ފުލައިޓެއް އިންޑިޔާގެ ޓްރެވެންޑްރަމް އަށް ޝެޑިއުލްކޮށްފި އެވެ.

މި ފްލައިޓް ޝެޑިއުލްކޮށްފައިވަނީ 26 މާރިޗް އާއި 28 އޮކްޓޯބަރ ދޭތެރޭ ކޮންމެ ބުރާސްފަތި ދުވަހެއްގެ އިތުރުން ހޯމަ ދުވަހަކު، ހަނިމާދޫއިން ޓްރެވެންޑްރަމް އަދި ޓްރެވެންޑްރަމް އިން ހަނިމާދޫއަށް އަށެވެ.

މޯލްޑިވިއަންގެ މި ފްލައިޓުން ހަނިމާދޫއިން ޓްރެވެންޑްރަމަށް ކުރިންވެސް ދަތުރުކުރާ އަގުތަކުގައި ލިބެން ހުންނާނެ އެވެ.

މޯލްޑިވިއަންއިން ޓްރެވެންޑްރަމް އަށް ކުރިން ޝެޑިއުލްކޮށްފައިވަނީ އެންމެ ފުލައިޓެކެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހަށެވެ.

މޯލްޑިވިންގެ ފުލައިޓްތައް ބެންކޮކް އާއި ބަންގްލަދޭޝްގެ ޑާކާއާއި ޗެންނާއީގެ އިތުރުން ޗައިނާގެ ވޫހަން ސިޓީއަށް ދަނީ ދަތުރުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355