twitterviber whatsapp telegramfacebookyoutube instagram
4th May 2024

ލޯކަލް ކައުންސިލް އިންތިހާބު މެއި މަހަށް ފަސްކޮށްފި

Mar 18, 2017

އަންނަ އެޕްރީލް 15 ގައި ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު މެއި 6 ވަނަ ދުވަހަށް އަނެއްކާވެސް ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މެއި 6 ކަށް އިންތިހާބު ފަސްކުރަށް ނިންމީ މިހާރު ފެތުރެމުންދާ ސްވައިން ފްލޫއާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ވިދާޅުވީ މީހުން އާންމުކޮށް އެއްވެ އުޅޭ ތަންތާގައި ހުމާއި ރޯގާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވާނެތީ، އެ ކޮމިޝަނުން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާ ވެސް ބޮޑަށް އެކަމަށް ރިއާޔަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާދީފައިވާތީ ކަމަށެވެ.

އީސީސީން ވިދާޅުވީ އިންތިހާބު ލަސް ކުރުމާ ގުޅިގެން ވޯޓު ލާ މީހުންގެ ރެޖިސްޓްރީއަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެގޮތުން މޭ ހަޔަކަށް 18 އަހަރު ވާ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި ދިރިއުޅޭ ތަން ބަދަލުވެއްޖެ ނަމަ ރީރަޖިސްޓާ އެތަނަކަށް ރީރަޖިސްޓާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި އަލުން ތާރީހެއް އިއުލާން ކުރީ އެ ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ކައުންސިލް އިންތިހާބު ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ އޭޕްރީލް 15 ވަނަ ދުވަހުއެވެ. ނަމަވެސް އެޗްޕީއޭ އިން އަދި ގައުމީ ލަފާދޭ ކޮމިޓީގެ ގިނަ މެންބަރުން ވެސް ފްލޫއާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް ލަފާދިނުމާ ގުޅިގެން އިންތިހާބު 19 ދުވަހަށް މިވަނީ ފަސްކޮށްފައި އެވެ. މިއީ މި އިންތިހާބު ފަސްކުރި ތިންވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355