twitterviber whatsapp telegramfacebookyoutube instagram
21st April 2019

ސިއްހީގޮތުން ދިމާވާއެކި މައްސަލަތަކަށް ހައްލެއް!

Mar 20, 2017

އެންމެންނަކީ ޑޮކްޓަރަށް ދައްކައިގެން ބޭސް ކާން ބޭނުންވާނެ ބައެއްނޫނެވެ. އެމީހުން ބަލާނީ ސިއްހަތަށް ރަނގަޅު ގޮތެއްގައި އެކަމަށް ފަރުވާއެއް ހޯދޭތޯއެވެ. އެގޮތުން ކެއުމަށްބޭނުންވާ އެކި ބާވަތްތަކުން ސިއްހީ މައްސަލަތަކަށް ހޯދިދާނެ ފަރުވާ މި ލިއުމުގައި ހިމަނާލަމެވެ.

ކަދުރު

ރޯގާޖެހި ކެއްސާނަމަ ½ ލީޓަރު ކިރަށް 6 ކަދުރު (އޮށް ނަފާގަ) ލައިގެން 25 މިނެޓް ވަންދެން މަޑު ގިނީގައި ކައްކާށެވެ. އަދި މިއިން ކޮންމެ ދުވަހަކު 3 ޖޯޑު ބޯށެވެ.

ކަރަންފޫ

ބަނޑުގައި ގޭސް ހެދޭނަމަ ކޮންމެ ފަހަރަކު ކެއުމަށްފަހު ކަރަންފުލެއް ކާށެވެ.

ކިއުކަންބާ

ކިއުކަންބާއަކީ ހަންގަނޑަށް ފައިދާ ހުރި އެއްޗެކެވެ. އެގޮތުން ހަންގަނޑުގައި ރޫޖެހުމާއި ބްލެކްހެޑްސް ފިލުވާލުމަށް ކޮންމެ ދުވަހަކު 15 މިނެޓް މޫނުގައި އަދި ކަރުގައި ކިއުކަންބާ ހާކާށެވެ.

އަންނާރު ޖޫސް

ކޮންމެ ދުވަހަކު އަންނާރު ޖޫސްތައްޓެއް ބޯނަމަ ލޭމައްޗަށް ދިއުމުގެ ފުރުސަތު ކުޑަވެއެވެ.

ފިޔާ

ކެއްސާނަމަ ފިޔާވެސް ބޭނުން ކުރެވިދާނެ އެެވެ. އެގޮތުން ކުޑަ 6 ފިޔާ ކުދިކުދިކޮށް ކޮށުމަށްފަހު ތައްޓަކަށް އަޅާށެވެ. އަދި އެއަށް ހަތަރު ސަމުސާ މާމުއިތް އެޅުމަށްފަހު އާވިން މަޑު ގިނީގައި 2 ގަޑި އިރު ހޫނު ކުރާށެވެ. މިބޭސް ބޭނުން ކުރަން ވާނީ ކޮންމެ 3 ގަޑިއިރަކުން 1 ސަމުސަލެވެ.

އިިނގުރު އަދި މާމުއިތް

ރޯޖާ ޖެހި ކަރުގައި ރިހޭނަމަ 2 ސަމުސާ މާމުތައް 2 ސަމުސާ އިގުުރު ދިޔަ އެއްކޮށްގެން ބޯށެވެ. މިއިން ރޯގަލަށްވެސް ފަރުވާ ލިބޭނެ އެވެ.

އާފަލު

ކޮންމެ ދުވަހަކު ހުސް ބަނޑާ ހުރެ ހެނދުނު އާފަލެއް ކާނަމަ މައިގްރެއިން ހުންނަ މީހުންނަށް އެކަމުން އަވަސް ލުޔެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355