twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށީ ހޮސްޕިޓަލް އިންޑިޔާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަނީ

Mar 19, 2017

ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ކުޅުދުއްށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލު ކުރުމަކީ ރައީސް ޔާމީން ގެ ރިޔާސީ ވައުދެކެވެ. ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިކަމާ ގުޅޭ ގޮތުން “މިހާރު” އަށް ވިދާޅުވެފައި ވަނީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސް އާ ހަވާލުކުރުމަށްޓަކައި އެއްބަސްވުން ވެސް ޑްރާފްޓް ކޮށްފައިވާ ކަމަށާއި މިހާރު މި މަޑުކުރަނީ އެ ޑްރާފްޓް ބަންޑާރަ ނައިބު މުހައްމަދު އަނިލް ބެއްލެވުމަށް ފަހު، ދެއްވާ ލަފައަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ހިދުމަތްތައް ފަށާނެ ކަމަށެވެ.

އަދި ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ނިމުމުން މާލެ އިން މީހުން ފަރުވާ އަށް ކުޅުދުއްފުއްޓައް އަންނާނެ ކަމުގެ ޔަގީންކަން ނިމްސް ހޮސްޕިޓަލުން ދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355