twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ހުމާއި ގުޅިގެން އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކޮށްފި

Mar 19, 2017

ހަލުވިކަމާ އެކު ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އިންފުލުއެންޒާ ރޯގާ އާ ގުޅިގެން ގިނަ އަދަދަކަށް މީހުން އެއްތާކަށް އެއްވެ އުޅުން މަދުކުރުމަށް އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރީ އިންފުލުއެންޒާ ރޯގާއާ ގުޅިގެން ގިނަ އަދަދަކަށް މީހުން އެއްތާކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވުމާއިއެކު ކަމަށެވެ.

އަދި އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ ތަނަކަށް ވުމުން ހުމާއި ރޯގާ ފެތުރުން ކުޑަ ކުރުމަށްޓަކައި އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އާންމުންނަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ބަންދު ކުރެވިފައިވާކަން ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް ގައުމީ ދާރުލް އާސާރު މިހާރެކޭ އެއްގޮތަށް ހުޅުވިފައި ހުންނާނެ ކަމަށް ބަޔާނުގައި ވެއެވެ.

އެޗް1އެން1 އިންފުލުއެންޒާ ރޯގާއާ ގުޅިގެން ސުކޫލުތަކާއި ގިނަ ކޮލޭޖްތައް ވެސް ވަނީ ބަންދުކޮށްފައި އަދި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355