twitterviber whatsapp telegramfacebookyoutube instagram
16th March 2026

ފޯން ޗާޖު ތިކުރަނީ އަދި ރަނގަޅަކަށް ނޫން!

Mar 25, 2017

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ފޯން ޗާޖުކުރަން ޖެހޭނީ ފޯނު މަރުވާން ގާތްވީމަ ކަމަށެވެ. އަދި ޗާޖު ކުރާއިރު 100 ޕަސެންޓް އެއްކޮށް ފުލް ވަންދެން ޗާޖު ކުރަން ޖެހޭނެ ކަމަށެވެ. ހީވެފައި އޮންނަނީ ބެޓެރީގައި ގިނަ އިރު ޗާޖު ހިފަހައްޓާނީ މިހެން ހެދީމަކަމަށެވެ. ނަމަވެސް މި ހީ މިވީ ކުށްހީ އަކަށެވެ.

ދިރާސާ އަކުން ދައްކާގޮތުގައި ފޯން އެންމެ ރަނގަޅަށް މައްސަކަތް ކުރާނީ ފޯން ޗާޖު އެއްކޮށް ފުލްނުކޮށް ހުންނަ ނަމައެވެ. އަދި 100 ޕަސެންޓަށް ފޯން ޗާޖު ނުކުރަންވީ ޗާޖު ފުލްވުމުން ބެޓެރީގައި ވޯލްޓޭޖު މަތިވާތީ އެވެ.

އަދި ރޭގަނޑު ޗާޖަށް ޖެހުމުގެ އާދާ ދޫކޮށްލާފައި ކޮންމެ ދުވަހަކު 3 ފަހަރު ގާތްގަނޑަށް 1 ގަނޑިއިރު ވަންދެން ދޭތެރެ ދޭތެރެއިން ޗާޖުކުރުން ރަނގަޅު ކަމަށް މި ދިރާސާގައި ވެއެވެ. އަދި ޗާޖަށް ޖަހާފައި އޮންނަ އިރު ފޯން މާ ބޮޑަށް ހޫނު ވާނަމަ ޗާޖުން ނައްޓާލާށެވެ.

މީގެ އިތުރުން 10 ޕަސެންޓަށް ޗާޖު ދަށްވިޔަ ނުދޭށެވެ. ސަބަބަކީ 10 ޕަސެންޓަށް ވުރެ ފޯނުގެ ޗާޖު ދަށް ވުމުން ރޭޓިއޭޝަން 1000 އަށް ވުރެ މަތިވެއެވެ. މިއީ ސިއްހީ ގޮތުން ގެއްލުން ވާނެ ކަމަށެވެ. އެހެން ކަމުން 40 ޕަސެންޓަށް ޗާޖު ދަށްވުމުން ފޯން ޗާޖު ކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355